Mohamed Firuzul Profile Banner
Mohamed Firuzul Profile
Mohamed Firuzul

@mFiruzul

3,352
Followers
781
Following
15
Media
1,090
Statuses

Joined October 2011
Don't wanna be here? Send us removal request.
@mFiruzul
Mohamed Firuzul
10 months
މި ސުރުޚީގެ ސަބަބުން، އިންތިޚާބީ ރައީސްގެ ވާހަކަފުޅު އޮޅުމަށް މެދުވެރިވެދާނެތީ ދަންނަވަން: އިންތިޚާބީ ރައީސްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ޝާމިލު ސަރުކާރެއް އެކުލަވާލައްވާނެ ވާހަކައަށް. ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަމަށް.
Tweet media one
25
164
414
@mFiruzul
Mohamed Firuzul
6 months
ފަނާކުރަނިވި ފިކުރެއްގެ ވާހަކައެވެ. ގައުމު ހަލަބޮލިކޮށް ހަމަޖެހުން ނަގާލައި މުއައްސަސާތައް ބަލިކަށިކޮށް ޤާނޫނުގެ ޙުކޫމަތު ގެއްލުވާލައި ޑިމޮކްރެޓިކް ހަމަތައް އޮޔާލައި ޚިދުމަތްތައް ވީރާނާކޮށް، ދީނީ ޝިޢާރުތަކުގެ އަގު ވައްޓާލައި މުޅި ސިޔާދަތު ނިކަމެތިކޮށް ރައްޔިތުން
50
127
215
@mFiruzul
Mohamed Firuzul
11 months
🧵 ޑޯނިއާ އެއްބަސްވުމާއި ހައިޑްރޯގްރަފީ އެއްބަސްވުމާ ގުޅޭގޮތުން 12 ނޮވެމްބަރު 2021 ގައި މަޖްލީހުގެ 241 ކޮމެޓީގައި ޑިފެންސާއި MNDF ލީޑަޝިޕުން ވިދާޅުވި ވާހަތަކުން ފާހަގަކުރެވުނު ބޮޑެތި ކަންކަން އަލުން ތަކުރާރުކުރާނަމެވެ. އެ ބައްދަލުވުން މިހާރުވެސް އަޑު އަހާލެވޭނެ!
5
161
183
@mFiruzul
Mohamed Firuzul
2 years
Hamdhulillahi! Passed the #BarExam2022 !! Given the uncertainties, confusions & surrounding difficulties, feel like this is much more of an achievement then the five year Sharia & Law at Azhar University Thank wife & family for the unwavering support & all well wishers!
13
4
158
@mFiruzul
Mohamed Firuzul
10 months
ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުޠު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް، އެ ފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް. ސިދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނުއްވާނެކަމަށް ވިދާޅުވި ވިދާޅުވުމެއް ނޫންކަން ފާހަގަކުރަން
15
68
155
@mFiruzul
Mohamed Firuzul
1 year
🧵ގިނަ އަނބިންނާ ކައިވެނިކުރުމަކީ ޝަރުޢުގެ މީޒާނުގައި ކިހިނެއް އޮތް ކަމެއްކަން ތަފްސީލުކޮށްދޭން ޖެހޭކަމަށް ދެކި، މި ޙައްސާސް މައުޟޫގައި އެއްޗެއް ބުނާނަމެވެ! އަޅުގަނޑުގެ ވާހަކައިން ތަންތަންކޮޅު ނުނަންގަވައި މުޅި ވާހަކަ އެކީ ކިޔުއްވުން އިހުތިރާމާ އެކު އެދެމެވެ.
10
57
154
@mFiruzul
Mohamed Firuzul
10 months
Congratulations President-Elect @MMuizzu & VP-Elect @HucenSembe ! 😊 🇲🇻🇲🇻🇲🇻
Tweet media one
4
27
122
@mFiruzul
Mohamed Firuzul
1 year
އަޅުގަނޑުމެންނަށް ވެވުނު މިންވަރަކުން އެހީތެރިވުމުގައި ދެމިތިބެމާ ހިންގަވާ! އެހީތެރިކަން ފޯރުކޮށްދިނުމަށް ‌އެކައުންޓް ނަމްބަރު: 7770000062741 ‌އެކައުންޓް ނަން: International Aid Campaign ‌އެކައުންޓް ލޭބަލް: IAC | EMERGENCY #1UmmathekeyMee
Tweet media one
0
36
86
@mFiruzul
Mohamed Firuzul
2 years
🧵ޓެރަރިޒަމް ގެ ޤާނޫނަކީ ދައުލަތަށް ވަރަށް ބޮޑެތީ ތަޢައްސުފީ (arbitrary) ބާރުތައް ލިބިދޭ ޤާނޫނެކެވެ. ޤާނޫނު އޮންނަ ގޮތުން، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި މީހަކު ބަންދުކުރުމަށް، "ތުހުމަތުކުރެވޭ މިންވަރުގެ ހެކި" ހުންނާކަށް ނުޖެހެއެވެ.
4
28
68
@mFiruzul
Mohamed Firuzul
11 months
--------------------------------- މިއީ އެއްވެސް ހާލެއްގައި އާދައިގެ ވާހަކަތަކެއް ނޫން! އާޚިރުގައި މިއީ ހަމަކޮންމެ މީހަކު އަމިއްލައަށް ވިސްނަންޖެހޭ ކަމެއް! ގެއްލިގެންދާ އިރު އަމިއްލަ ވަޠަން، ދިމާ ލޯ ކުރިމަތީ ހެއްލަހެއްލައިލާ އުނދޯލީގައި ދުފާން ހޭ ތިޔަ އޮތީ؟؟ 😢
1
29
57
@mFiruzul
Mohamed Firuzul
11 months
👈 ވިސްނާލުމަށް: އިންޑިއާއިން ބޯޓު ދުއްވާ މީހުން ބައިތިއްބައި، އެ މީހުންގެ ހުރިހާ ޚަރަދެއްގެ އިތުރުން، ބޯޓުގެ ތެޔޮ ޚަރަދުވެސް އިންޑިއާއިންކުރާއިރު، މިއީ ސީދާ އިންޑިއާ ނޭވީގެ "ސެކްޝަނެއް" ރާއްޖޭގައި ހިނގުން ނޫންތޯ !!؟؟ މިއަށް ދެވޭނެ އިތުރު ސިފަކުރުމެއް އޮންނާނެތަ!!؟؟
2
38
53
@mFiruzul
Mohamed Firuzul
11 months
4. ބޯޓާއެކު ތިބޭ އިންޑިއާ ސިފައިންގެ އެންމެނަށް ޑިޕްލޮމެޓިކް އިމުނިޓީ ދީފައިވާކަން 👈 މަތިންދާ ބޯޓެއްގެ "ޓެންނިކަލް ކްރޫ"އިންނަށް އެ މީހުންގެ "އެހީތެރިކަން" ފޯރުކޮށްދޭން، ޑިޕްލޮމެޓިކް އިމިއުނިޓީ ބޭންނުންވާންޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ!
1
35
51
@mFiruzul
Mohamed Firuzul
11 months
6. ރާޖޭގެ ކަނޑުގެ ޗާޓުތައް ވިއްކައިގެން ރާޖެއަށް ލިބޭނީ 25% - 35% ކަން. ބާކީ ބައި އިންޑިއާއަށްކަން 7. ހައިޑްރޯގްރަފީން އުފައްދާ ޗާޓުތަކުގެ މިލްކުވެރިކަން އިންޑިއާއަށް ލިބި ރާއްޖެއަށް 25% ލިބޭ ގޮތަށް އެއްބަސްވީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ނުދޭކަން
1
30
50
@mFiruzul
Mohamed Firuzul
11 months
10. އިންޑިއާއިން ބޭނުންވުމުން ބޯޓު ގެންދެވޭކަން. ނަމަވެސް ރާއްޖެއިން ބޭނުންވުމުން ބޯޓު ފޮނުވާނުލެވޭކަން‼️‼️
1
29
48
@mFiruzul
Mohamed Firuzul
11 months
ހަމަގައިމުވެސް އަޅުގަނޑަކަށް ނޯވެވޭނެ! #IndiaMilitaryOut #DhiveheengeRaajje
1
18
50
@mFiruzul
Mohamed Firuzul
11 months
3. ޑޯނިއާއަކީ "ހަދިޔާ"އެއް ނޫންކަން އަދި "ޓްރާންސްފާރ" (އިންޑިއާ އިން ރާއްޖޭގައި ބާއްވާފައި އޮތް) އެއްޗެއްކަަމަށް އިއުތިރާފުވިކަން ‼️
1
33
48
@mFiruzul
Mohamed Firuzul
11 months
9. ދެ އެއްބަސްވުން ސިއްރުކުރުން ލާޒިމުކުރާ އެއްވެސް މާއްދާއެއް، ދެ އެއްބަސްވުމެއްގައި ނެތްކަން >>> އެކަމަކުވެސް ސަރުކާރުން ބޭނުންވީ ދެ އެއްބަސްވުންވެސް ހާމަނުކުރަން 🤷🏼‍♂️
2
27
43
@mFiruzul
Mohamed Firuzul
11 months
މިއީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި "ޕްރިއޯރިޓީގެ" މައްސަލައެއް! ޤައުމީ ސަލާމަތުގެ މިހާ މުހިއްމު ކަމެއްގައި ޚަރަދަކުރެވެން ނެތްކަމަށް ބުނާނަމަ، މާދަމާ ޤައުމީ ސަލާމަތުގެ *އެއްވެސް* ކަމަކަށް ޚަރަދުކުރެވެން ނެތްކަމަށް ބުނެ އެހެން ބަޔަކާ އެކަން ހަވާލުކުރަން ބުނުން ދުރެއް ނޫން ‼️
1
24
45
@mFiruzul
Mohamed Firuzul
11 months
📌 ރާޖެއިން އެދިގެން ރާއްޖެއަށް ދޭ އެހީތެރިކަމެއްގައި ހޯދާ މައުލޫމާތުގެ މައްޗަށް އުފައްދާ އުފެއްދުމެއްގެ 75% އިންޑިއާއަށް ދިނުމަކީ، އެ މަޢުލޫމާތުތަކުގެ މިލްކުވެރިކަން އިންޑިއާއަށް ދިނުމެއްނޫންތަ !!؟؟ އަހަރުމެންގެ *އެންމެ ސްޓްރެޓެޖިކް* ޑޭޓާ ގެ މިލްކުވެރިކަން އެހެން ބަޔަކަށް!!؟؟؟
1
29
43
@mFiruzul
Mohamed Firuzul
11 months
1. އިންޑިއާ ސިފައިންގެ 75 މީހުން ޑޯނިއާއާއި ދެ ހެލިކޮޕްޓަރާއެކު އޭރުވެސް ތިބިކަން 2. ޑޯނިއާ ބޯޓުގެ ތެލުގެ ޚަރަދާއި މެއިންޓެނެންސްގެ ޚަރަދުތަކާއި ބޯޓާއެކު ތިބި އިންޑިއާ ސިފައިންގެ ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ ހުރިހާ ޚަރަދެއް ކުރަނީ އިންޑިއާ ސަރުކާރުން
4
28
44
@mFiruzul
Mohamed Firuzul
5 months
އެއަރ އެމްބިއުލާންސަކީ ދިވެހިރާއްޖޭއަށް ކޮންމެހެން ބޭނުންޖެހިފައިވާ ޚިދުމަތެކެވެ. ނަމަވެސް އަވަސް ޚިދުމަތަށް ޚާއްސަކުރެވިފައިވާ އެއަރކްރާފްޓެއް ނެތުމުން އެމެޖެންސީ ފަރުވާއަށް ބަލިމީހާ ބަދަލުކުރަންޖެހޭ ކޮންމެ ފަހަރަކު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއެވެ. އެއިން ކޮންމެ ވަގުތަކު
Tweet media one
4
26
45
@mFiruzul
Mohamed Firuzul
11 months
*** ޑޯނިއާ ދުއްވާ ދިވެހި ޕައިލެޓުންނަށް މުސާރަ ދޭނެ ވަރު ނެތް ވާހަކަ ތަކުރާރުކޮށް ދެއްކިކަން
1
24
43
@mFiruzul
Mohamed Firuzul
1 year
އިރު އުދަވެ އަސްތަވަންޏާ .. އަލިކަން ފިލާ ނުދާނޭ ދިރުމެއްގެ ރޫޙުވަންޏާ .. އުންމީދު ގައިމުވާނޭ #DhiveheengeRajje #RY2023
0
20
41
@mFiruzul
Mohamed Firuzul
11 months
މިހެން މިކަން ހިނގަމުން ދަނިކޮށް، މިހާރުގެ ސަރުކާރު ހަވާލުވިތާ ތިންމަސް ހަމަނުވަނީސް *އެންމެ ތިންމަސް ނުވަނީސް* ދެ އެމްއޯޔޫގައި ސޮއެކުރަން ބޭނުންވާކަން އިންޑިއާއަށް އެންގިކަން 🤷🏼‍♂️
1
23
38
@mFiruzul
Mohamed Firuzul
11 months
11. ދިޔަރެސް ނޫހުން އެހާތަނަށް ހާމަކުރި ޑޯނިއާ އެއްބަސްވުމާއި ހައިޑްރޯގްރަފީ އެއްބަސްވުމަކީ ހަގީގީ އެއްބަސްވުންތަކެއްކަން
1
24
41
@mFiruzul
Mohamed Firuzul
11 months
5. ޑޯނިއާ އަދި ހައިޑްރޯގްރަފީ އެއްބަސްވުމުގެ ޑްރާފްޓު އިންޑިއާ ސަރުކާރުން 2015/2016 ގައި ހިއްސާކުރިކަން. އެ ދެ އެއްބަސްވުމުގައި 2018 ނިމުނު އިރުވެސް ސޮއެނުކުރާކަން. މިހާރުގެ ސަރުކާރުން، ދެ އެމްއޯޔޫގައި ސޮއެކުރަން ބޭނުންވާކަން ޖަނަވަރީ 2019 ގައި އިންޑިއާއަށް އެންގިކަން
1
27
38
@mFiruzul
Mohamed Firuzul
11 months
8. މިހާރުގެ ލީޑަޝިޕުން، ރާއްޖޭގެ ސްޓްރެޓެޖިކް މަޢުލޫމާތު ވިއްކައިގެން އާމްދަނީ ހޯދަނީތޯއާއި، އެއީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބުނުދޭކަން ‼️
1
25
37
@mFiruzul
Mohamed Firuzul
11 months
👈 2015/2016 ގައި އިންޑިއާއިން ދެ ޑްރާފްޓު ހިއްސާކުރުމަށްފަހު ކޮންމެ އަހަރަކު އެއްފަހަރު އިންޑިއާއިން ޖަވާބަށް އެހަމުން ދިޔަކަން، އަދި ކޮންމެ އަހަރަކުވެސް "މުރާޖާކުރަނީ"ކަމަށް ބުނެ އޭރުގެ ސަރުކާރުން ސޮއެނުކޮށް ދަންމަމުން ދިޔަކަން ...
1
24
37
@mFiruzul
Mohamed Firuzul
11 months
🚩🚩 ލީޑާޝިޕުން ކޮންމެ ވާހަކައެއް ފަށަނީ، މިއީ ޤައުމީ ސަލާމަތަށް ކިހާ މުހިއްމު "ސްޓްރެޓެޖިކަލް އެސެޓް"އެއްކަން ބުނަމުން. ޖުމްލަ ނިންމަނީ، އެކަމަށް ޚަރަދުކުރާނެ ވަރު ނެތުމުން އިންޑިއާއަށް ބަރޯސާވާންޖެހޭކަން ބުނެ.
1
22
36
@mFiruzul
Mohamed Firuzul
6 months
ބާ ކައުންސިލުގެ ރައީސް އަދި ޤާނޫނީ ފަންނުގެ ފުންނާބުއުސް ޚިދުމަތްތެރިޔާ، އަލްއުސްތާޛް އިސްމާޢީލް ވިޝާމްގެ ފުރާނައަށް ރަޙުމަތްލައްވަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.🤲
2
5
24
@mFiruzul
Mohamed Firuzul
1 year
ކޮންމެ މީހަކުވެސް އެ މީހަކަށްޓަކައި ޚާއްސަވާނެ ޙަޔާތުގެ ބައިވެރިއަކަށް އެދޭނެއެވެ. އެއީ ޠަބީޢީ އުންމީދެކެވެ. އެއީ އަމިއްލައެދުން ބޮޑުވުމެއް ނޫނެވެ.
0
4
24
@mFiruzul
Mohamed Firuzul
1 year
ގިނަ އަނބިންނާ ކައިވެނިކުރުން އެއްފަރާތުގައި ބާއްވާފައި، އަލަށް ކައިވެނިކުރިޔަސް، ކިތަންމެ ގިނަ މުދަލެއް މިލްކުވެގެންވީ ނަމަވެސް، އެ މީހާގެ ޠަބީޢަތުގައި ހަރުކަށި އަނިޔާވެރިވެދާނެ ފަދަ މީހަކު ކައިވެނިކުރުން ހުއްދަނުވާނެއެވެ. އަލަތު ކައިވެންޏެއްވެސް އެފަދަ މީހަކަށް ހަރާމްވާނެއެވެ
1
4
22
@mFiruzul
Mohamed Firuzul
2 years
މިއީ ނަޒާހާތްތެރިކަމެއް ހުރެ، ޤާނޫނުގެ ރޫޙަށް ޙުރުމަތްތެރިކޮށް ހިތާ މުއައްސަސާއަކުން ކަން ކުރާން ގޮތެއް ނޫނެވެ! މިއީ ޒަމީރުގައި މިންވަރެއްގެ ހަރާރަތެއް ހުޓަސް ނުރުހެވޭނެ ފައިސަލާއެކެވެ! މިއީ ނަހަމަ ބާރުގައި އަނިޔާވެރިވުމެވެ‼️‼️
1
4
16
@mFiruzul
Mohamed Firuzul
2 years
ނޯޓް: މިއީ ޝެއިޚް ނިޝާން އަދި ޝެއިޚް ފަޟްލޫންގެ މައްސަލައިގައި ދައުލަތުން ކަން ކޮށްފައިވާ އަދި ކުރަމުންދާ ގޮތަށް ބުނާ ބަހަކެވެ! އެއްވެސް ހާލެއްގައި، ހައިކޯޓަށް ހުށައެޅިފައިވާ މައްސަލަގައިވާ ޤާނޫނީ ސުވާލުތަކަށް އިންސާފުކުރާ ކުރުމެއް ނޫނެވެ!
2
3
18
@mFiruzul
Mohamed Firuzul
2 years
އަޅުގަނޑުވެސް އެއްބަހެވެ! މިފަދަ އާބިޓްރަރީ ބާރު ދައުލަތަށް ލިބިދެނީ، ޢާއްމު ބޮޑެތި މަސްލަހަތު ނިޔާކުރާ ބައެއް ސިޔާސަތުގެ ބޭނުމަށްޓަކައެވެ. ނަމަވެސް އެކަންކުރަނީ އުއްމީދެއްގައެވެ. އެއީ ދައުލަތުން އެ ބާރުގެ ނަހަމަ ބޭނުންނުކުރާނެކަމަށް ބަލައިގެންނެވެ. ‼️
1
2
17
@mFiruzul
Mohamed Firuzul
2 years
This is just outrageous! If these institutions have an ounce of integrity they would not indulge in such frivolousness ... What has happened to the conscience of institutions!?
@axanner
Ahmed Azaan
2 years
After @DhiyaresNews reported about a loophole on @igmhmv 's website, which allowed anyone to access medical records, @PoliceMv started an investigation, making me the prime suspect. They have summoned me for questioning. Any good lawyers here who can represent me?
Tweet media one
48
118
212
0
8
18
@mFiruzul
Mohamed Firuzul
1 year
🤷 ދެން ވަރަށް ގިނަ މީހުން ބުނާނެއެވެ. "ޢަދުލުވެރިނުވެވޭކަންވެސް އެނގޭނީ ކައިވެނިކުރޫމުން ނޫންހެއްޔެވެ!؟" މިއީ ތަޖުރިބާކުރުމަށް ދޫދެވިފައިވާ ކަމެއް ނޫނެވެ. ދެވަނަ މީހަކާ ކައިވެނިކޮށް ޢަދުލުވެރިވެވޭތޯ ނުވަތަ ނޫންތޯ ބަލާލުމަކީ އެއްވެސް ހާލެއްގައި އޮތް ކަމެއް ނޫނެވެ.
1
4
18
@mFiruzul
Mohamed Firuzul
2 years
އެ މީހަކު އެ ކަމެއް ކޮށްފައިވާކަމަށް ނުވަތަ ކޮށްފާނެކަމަށް ބެލެވޭ "ކޮންމެވެސް މިންވަރެއްގެ ހެކި" ނުވަތަ ހީއަކަށްވުރެ ކުޑަކުޑަކޮށް އިތުރަށް ހެކި ހުއްޓަސް އެ މީހަކު ބަންދުކުރުން ފަނޑިޔާރަށް ގާތްގަނޑަކަށް ލާޒިމުވެއެވެ. ހަމައެކަނި ބޭނުންވަނީ ދައުލަތުން އެކަމަށް އެދުމެވެ ..
1
2
15
@mFiruzul
Mohamed Firuzul
2 years
މި އިންތިހާ ބާރުވެރިކަމަށް އޮތް ކުޑަވެސް ހިފެހެއްޓުމަކީ، ހަމައެކަނި އިންޓެލް ރިޕޯޓަކީ "ކޮންމެވެސް ވަރެއްގެ ހެއްކެއް" ނޫންކަމަށް، މަފްތޫޙް vs ޕްރޮސެކިއުޓަރ ޖެނެރަލް މައްސަލައިގައި، ސުޕްރީމް ކޯޓުން ކަނޑައަޅައިފައި އޮތް އޮތުމެވެ.
1
1
15
@mFiruzul
Mohamed Firuzul
2 years
އެންމެ ބޮޑު ކަމަކީ، މިއީ ހުސްކަމެއްގެ ތެރޭގައި ހިނގާ ކަމެއް ނޫނެވެ! ދައުލަތުން ކޮންމެހެން ފިޔަވަޅު އަޅަންޖެހޭ އެތައް މައްސަލައެއްގައި ފިޔަވަޅު ނާޅައި ދައުލަތަށް ލިބިގެންވާ، އަދި ބައެއް ފަހަރު ލާޒިމުކުރާ ބާރުން ތަނާޒުލެވަމުންދާ ދަނޑިވަޅެއްގައި، މި ގޮތަށް ކުރާތީ މާ ހައިރާންވެއެވެ.
1
1
15
@mFiruzul
Mohamed Firuzul
2 years
ޤާނޫނުގެ ތެރެއިން މި ފަދަ ހިފެހެއްޓުމެއް ނެތް ނިހާއީ ބާރެއް ދައުލަތަށް ލިބިފައި އޮތަސް، ދައުލަތުން އެ ބާރު ބޭނުންކުރަންވާނީ އިންސާފުންނެވެ. 👈އިޚްލާޞްތެރިކަމަކާއި އަމިއްލަ ޒަމީރަށް ތެރުވެރިކަމެއް ބަހައްޓައިގެންނެވެ.
1
1
15
@mFiruzul
Mohamed Firuzul
1 year
ޤުރުއާނުގައިވާ އެހެން އަމުރުތަކާއި އިރުޝާދުތައް ފަދައިން، އެކަކަށްވުރެ ގިނަ މީހުންނާ ކައިވެނިކޮށް ހަތަރެއް ހަމަކުރުމަށް ބާރުއެޅުއްވީއެއްވެސްނޫނެވެ. އެއީ "އެންމެ ފުރިހަމަ" ގޮތްކަމަށް ބަޔާންކުރެއްވީއެވެސް ނޫނެވެ! މި އާޔަތް އެ ގޮތަށް މާނަކުރަނީ ނޭނގުމެއްގެތެރެއިން ގޯސްކޮށެވެ!
1
4
17
@mFiruzul
Mohamed Firuzul
1 year
އެއީ އަސްލެއްވެސް ނޫނެވެ. ☝️☝️☝️ ކީރިތި ޤުރުއާނުގައި އަސްލަކީ، فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً (މާނައި: ފަހެ، عدل ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ.) ޝަރިޢަތް ބާރުއަޅާނީ ޢަދުލުވެރިކަމާ ގާތް ގޮތަށެވެ.
1
5
18
@mFiruzul
Mohamed Firuzul
1 year
ދެވަނަ ކަމަކަށް، އެކަލޭގެފާނު 25 އަހަރު ޚަދީޖަތުގެފާނާ އެކު ކައިވެނިފުޅުގެ މަތީގައި ހުންނެވިއެވެ. އެކަމަނާ އަވަހާރަވެއްޖައުމަށް ދާންދެން އެހެން މީހަކާ ކައިވެނިބައްލަވައިނުގަންނަވައެވެ.
1
3
15
@mFiruzul
Mohamed Firuzul
1 year
ހަމަ އެބީދައިން މަކްރޫހަ އަދި ޙަރާމްކަމުގެ ހާލަތަށް ފުރޮޅޭ ހާލަތުވެސް އޮންނާނެއެވެ. ގިނަ އަދި އާއްމު ހާލަތަކީ މިއީއެވެ! އެހެންކަމުން، އިސްލާމްދީނުގައި އަސްލަކީ ގިނަ އަނބިންކަމަށް ބުނާ ބުނަމަކީ ގޯސް ބުނުމެކެވެ. އެއީ ގޯހެކެވެ! މިއީ އޭގެ ޒާތުގައި ދިން ބާރުއަޅާ ކަމެއް ނޫނެވެ.
1
4
16
@mFiruzul
Mohamed Firuzul
1 year
عَنْ عَبْدِ اللَّهِ بْ�� عَمْرٍو رضى الله عنهما قَالَ قَالَ لِي رَسُولُ اللَّه صلى الله عليه وسلم "اقْرَإِ الْقُرْآنَ فِي كُلِّ شَهْرٍ" 'Abdullah b. 'Amr rprted: The Messenger of Allah ﷺ said to me: Recite the whole of the Qur'An during every month Sahih Muslim 1159d
@rasonlinemv
RasOnline
1 year
ރަމަޟާންމަހު ގުރުއާން ޚަތިމްކުރަން ދީނުގައެއް ނޯވޭ؛ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން: މައުމޫން
11
7
14
2
2
17
@mFiruzul
Mohamed Firuzul
1 year
މިއީ ހަމައެކަނި އަޅުގަނޑުގެ "ޚިޔާލު"ކަމަށް ބުނުމަށް ތައްޔާރަށް ތިއްބެވި ބޭފުޅުންނަށް ދަންނަވަމެވެ: ނޫނެކެވެ! މިވާހަކަ ހަމަ މި މޭރުމުން، އަޒްހަރުގެ އިމާމް، ޝެއިޚް އަޙްމަދުއްޠައްޔިބު ވިދާޅުވެފައިވެއެވެ.
1
4
16
@mFiruzul
Mohamed Firuzul
2 years
ދެ ޝެއިޚުންގެ މައްސަލައިގައި ދައުލަތުން (މިވީހާ ދުވަހުން) ހުށައަޅާ މައިގަނޑު ހެއްކަކީ އިންޓެލް ރިޕޯޓެވެ. ދެން،ސުޕްރީމް ކޯޓުން ކުރިން ބުނި ހިފެހެއްޓުން ހިފަހައްޓާފައިވީތީ، އިތުރު ހެކީގެ ގޮތުގައި ހުށައަޅަނީ، ފުލުހުން ކަން ހިނގި ގޮތް ކިޔައިދޭ ބަޔާނާއި ވީޑިއޯ ސްނެޕް ޝޮޓްތަކެވެ.
1
2
13
@mFiruzul
Mohamed Firuzul
1 year
އެމަނިކުފާނ ވިދާޅުވިއެވެ. "ކީރިތި ޤުރުއާނ��އި އިސްލާމީ ޝަރީޢަތުގައި ވާ ފަދައިން އަންހެނާއަށް ނިކަމެތިކަން ލިބޭކަންކަމާ ދެކޮޅަށް ވަރުގަދަ ސްޓޭންޑްތައް ނަގާފައިވާ އެހެން ޝަރީޢަތެއް އަދި ނިޒާމެއްވެސް އަހުރެން ނުދަންނަމެވެ.
1
4
14
@mFiruzul
Mohamed Firuzul
1 year
ގިނަ އަނބިންނާ ކައިވެނި ކުރުމަކީ ޝަރުޠަކާލައިގެން މެނުވީ ވާނެ ކަމެއް ނޫނެވެ. އެއީ ޢަދުލުވެރިކަމުގެ ޔަގީންކަމެވެ. ޢަދުލުވެރިކަން ނުވާ ނަމަ، ގިނަ އަނބިންނާ ކައިވެނިކުރުން ޙަރާމްވާނެއެވެ.
1
4
14
@mFiruzul
Mohamed Firuzul
1 year
ގިނަ އަނބިންނާ ކައިވެނިކުރުމުގެ ޙުކުމަކީ ޙުއްދަވެގެންވުމެވެ. އެއީވެސް ހަނި ދާއިރާއެއްގައެވެ. ހުއްދަ ކަންކަމުގެ ޠަބީޢަތުން، ފަހަރުގައި ސުންނަތްކަމަށް ފުރޮޅޭ *ވަރަށް މަދު* ހާލަތެއް އަތުވެދާނެއެވެ. އެފަދަ ހާލަތްތަށް ގިނަ ފަހަރު ގުޅުފައިވަނީ ޒިންމާދާރުކަމާއެވެ.
1
4
16
@mFiruzul
Mohamed Firuzul
2 years
އެހެން ގޮތަކަށް ބުނާނަމަ، ހާދިސާ ހިނގައި އަދި ބަންދުކޮށް، މިހާދުވަސްވީ އިރުވެސް، އެ ތަނުގައި ކަން ހިނގި ކަމަށް އަޅުގަނޑުމެން ކޮންމެ މީހަކަށް ހަމަ ލޮލަށް މިފެންނަ ކަންކަން ނޫން އިތުރު "ހެއްކެއް" ނެތެވެ!
1
1
13
@mFiruzul
Mohamed Firuzul
1 year
ޢަދުލުވެރިނުވެވިދާނެ ކަމުގެ ހީއެއް ނުވަތަ ކުޑަވެސް ބިރެއް އޮތް ނަމަވެސް، ދެވަނަ މީހަކާ ކައިވެނިކުރުން ހުއްދަނުވާނެއެވެ. މާތް ﷲ ވަހީކުރައްވާފައިވަނީ فَإِنْ خِفْتُمْ أَلَّا تَعْدِلُوا އެވެ. 📌 ފާހަގަކުރައްވާށެވެ! މިތަނުގައި މި އޮތީ خِفْتُمْ އެވެ. މާނައަކީ ބިރުހީވުމެވެ.
1
3
15
@mFiruzul
Mohamed Firuzul
1 year
ފުރަތަމަކަމަށް އެކަލޭގެފާނުގެ ކައިވެނިފުޅުތަކުގެ ސަބަބުން، އެހެން އާއްމު މީސްތަކުންނަށް އެކަމުގެ ޙުކުމް "ސުންނަތް"ކަމަށް ނުވެއެވެ. މިއީ އިސްލާމީ އުޞޫލީ ފިޤުހުގައި ވަރަށް އަސާސީ ވާހަކައެކެވެ.
1
3
15
@mFiruzul
Mohamed Firuzul
2 years
ޤާނޫނުން އެގޮތަށް ކަނޑައެޅުނަސް، ދެ ޝެއިޚުންގެ މާޒީއާ، ކުރައްވާފަވާ މަސައްކަތްޕުޅާ ކަން ހިނގައިދިޔަކަމަށް ފެންނަން ހުރި ހަގީގަތްތަކަށް ބަލައި، މި ތަޢައްސުފީ ބާރުގެ މަޙައްލުގައި ދައުލަތަށް އެ ތުހުމަތު ހީވެސްނުވުން މާ އައުލާއެވެ. އެކަމަކު ދައުލަތުން ޚިޔާރުކުރީ އޭގެ އިދިކޮޅެވެ!
1
0
11
@mFiruzul
Mohamed Firuzul
1 year
އަދި ކިއެއް ހެއްޔެވެ!؟ އެކަމަނާ އަވަހާރަވިތާ އެތައް އަހަރެއް ފަހުންވެސް، ޚަދީޖަތުގެފާނުގެ އަހުލުންނާއި ރަށްޓެހިންނަށް ތަކެތި ގެންގޮސްދެއްވައި އެކަމަނާ އަށް އޮތް ލޯބި މަތީ ދަރަޖައަކަށް ފާޅުކުރެއްވިއެވެ.
1
3
13
@mFiruzul
Mohamed Firuzul
2 years
ދެ ޝެއިޚުން އެކަން ރާވައި ނުވަތަ އެކަމަށް ހިތްވަރު ދިންކަމަށް ބަލާން ޖެހޭ ކަމަށެވެ. ޤާނޫނު އޮތް ގޮތުން އެއީ "ކޮންމެވެސް ވަރެއްގެ ހެކި"ކަމަށް ވާނެތޯ އޮތް ޤާނޫނީ ސުވާލު ބާއްވާށެވެ! އެއަށް ގޮތް ނިންމަވާނީ ކޯޓުންނެވެ.
1
0
12
@mFiruzul
Mohamed Firuzul
1 year
މި ތަނުގައި ފާހަގަކުރަން ޖެހޭ އަނެއް ނުކުތާއަކީ، ގިނަ އަނބިންނާ ކައިވެނިކުރުމަކީ އިސްލާމްދީން ތަޢާރަފްކުރި ކަމެއް ނޫނެވެ. އެއީ ރިސާލަތުގެ މާ ކުރިންވެސް އޮތް ކަމެކެވެ. އިސްލާމްދީން އަކަން ޤައިދުކުރައްވައި ހަރުކަށީ މިންތަކެއް ކަނޑައެޅުއްވީއެވެ.
1
4
14
@mFiruzul
Mohamed Firuzul
1 year
✍️ ވުމާއެކު، ނަމާދުކުރުމަށާއި ރޯދަހިފުމަށާއި ޒަކާތްދިނުމަށް އަންގަވައި އިރުޝާދުދެއްވެވިފަދައިން، ގިނަ އަނބިންނާ ކައިވެނިކުރުމަށް އިރުޝާދުދެއްވެވީއެއްނޫނެވެ.
1
3
14
@mFiruzul
Mohamed Firuzul
1 year
⬅️ ގިނަ އަނބިންނާ ކައިވެނިކުރުން މުޅީން މަނާކުރުމަށް ގޮވައެއްނުލެވޭނެއެވެ. އެއީ ކުރެވިގެންވާނެކަމެއްވެސް ނޫނެވެ. ﷲ ގެ ޝަރީޢަތުގެ ޙުކުމުތަކަށް ބަދަލުގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ⬅️ ގިނަ އަނބިންނާ ކައިވެނިކުރުމަކީ އޭގެ ޒާތުގައި ޖިންސީ ޣަރީޒާ "ކޮންޓްރޯލުނުކުރެވުމެއް" ނޫނެވެ!!
3
3
14
@mFiruzul
Mohamed Firuzul
1 year
ޙަދީޡްކުރެއްވިއެވެ. "މީސްތަކުން ތިމަންކަލޭގެފާނަށް ކާފިރުވީއިރު އެކަމަނާ އީމާންވިއެވެ. މީސްތަކުން ތިމަންކަލޭގެފާނު ދޮގުކުރި އިރު، އެކަމަނާ ތިމަންކަލޭގެފާނު ތެދުކުރިއެވެ. މީސްތަކުން ތިމަންކަލޭގެފާނަށް ދަތިކުރި އިރު، އެކަމަނާގެ މުދަލުން ތިމަންކަލޭގެފާނަށް މަދަދުވެރިވިއެވެ."
1
4
14
@mFiruzul
Mohamed Firuzul
1 year
އަދި ދަންނަވަން ތޯއެވެ! .... ކައިވެނިކުރާ އިރު، ދެވަނަ އަނތްބަކާ ކައިވެނިނުކުރުމަށް އަނބިމީހާއަށް ޝަރުޠުވެސްކުރެވިދާނެއެވެ. ފިރިމީހާ އެ ޝަރުޠަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެވެސްމެއެވެ. މިއީ ތަންފީޒުކުރެވެނިވި ޞައްޙަ ޝަރުޠެކެވެ.
1
4
12
@mFiruzul
Mohamed Firuzul
2 years
*އެކަމަކުވެސް* ދައުލަތުން ބުނަނީ އެއީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރުމަށް "ކޮންމެވެސް ވަރެއްގެ ހެއްކެއް" ކަމަށެވެ. ދެ ޝެއިޚުން އެ އެއްވުމަށް ގޮސް އެ ތަނުގައި ވާހަކަ ދައްކަނިކޮށް އެ ތަނުގައި ތިބި ބަޔަކު ހަމަނުޖެހުން ހިންގާފައިވާތީ ....
1
0
10
@mFiruzul
Mohamed Firuzul
1 year
އެންމެ ފުރަތަމަކަމަކަށް ގިނަ އަނބިންނާ ކައިވެނިކުރުމަށް ބާރުއަޅުއްވައި އިރުޝާދު ދެއްވި ނައްޞެއް ނެތެވެ. ނަމާދުކުރުމަށް ނުވަތަ ރޯދަ ހިފުމަށް އަންގަވައި ބާރުއެޅުއްވި ފަދައިން، ގިނަ އަނބިންނާ ކައިވެނިކުރުމަށް އެންގެވި/ އިރުޝާދު ދެއްވި ޞަރީޙަ ނައްޞެއް ނެތެވެ. ޙަދީޘްދުޅެއްވެސް ނެތެވެ.
1
3
12
@mFiruzul
Mohamed Firuzul
1 year
(މާނައީ: ފަހެ، عدل ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.)
1
3
12
@mFiruzul
Mohamed Firuzul
5 months
ރާއީސްގެ ވިސްނުންފުޅުގައި ދިވެހީންނަށް ހައްގު މިންވަރަކީ އަދި މިއެއްވެސް ނޫނެވެ. ގެންގުޅުއްވާ ތަޞައްވުރަކީ ރައްޔިތުންނާ ގާތުން ޞިއްޙީ ޚާއްސަ ފަރުވާ ފަހިކޮށްދެއްވުމެވެ. ބަލިީހުން އުފުލަންޖެހޭ ޖެހުން ވީ އެންމެ ބޮޑަކަށް މަދުކުރުމެވެ. އިރާދަކުރެވިއްޔާ އެކަންވެސް ހަގީގަތަކަށް
2
3
12
@mFiruzul
Mohamed Firuzul
1 year
⬅️ ގިނަ އަނބިންނާ ކައިވެނިކުރުމަކީ އޭގެ ޒާތުގައި "ބާބަރިކް" އަދި "އަނިޔާވެރި" ކަމެއް ނޫނެވެ! ﷲ ތަޢާލާ އެކަން ޝަރުޢުކުރެއްވީ މަތިވެރި ޙިކުމްތަތަކަށްޓަކައެވެ. އެކަން އަޅުގަނޑުމެންގެ އީމާނުގައި ވާންޖެހޭނެއެވެ.
1
3
12
@mFiruzul
Mohamed Firuzul
1 year
*ހަމަ އެއާ ވިދިގެން* ޢަދުލުގެ ޝަރުޠުން އެކަން ޤައިދުކުރެއްވިއެވެ. فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ذَٰلِكَ أَدْنَىٰ أَلَّا تَعُولُوا
1
3
11
@mFiruzul
Mohamed Firuzul
1 year
މިފަދައިން، ޢުމަރުގެފާނާއި ޢަމްރުބުނުލްޢާޞްގެފާނާއި އިބްނު ޤުދާމާއާއި، އިބްނުލް ޤާއްޔިމާއި އިބްނު ޢުޘައިމީންއާއި ޞާލިޙުލް ފައުޒާންފަދަ އެތައް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ. (އާދޭހެވެ މިއީ ފިޤުހީ ޚިލާފު އޮތް މައްސަލައެކެވެ. ނަމަވެސް މިއީ ޞައްޙަ ޝަރުޠެކެވެ.)
2
3
11
@mFiruzul
Mohamed Firuzul
1 year
ދެން އޮތް ސުވާލަކީ، ގިނަ އަނބިންނާ ކައިވެނިކުރުމަކީ، މިހާރު މި ދެކެވޭ ގޮތަށް އެއްވެސް ހިފެހެއްޓުމެއް ނެތް މުޠުލަޤު ޙައްޤެއްތޯ، ނުވަތަ ޝަރުޠެއްގެ މައްޗަށް ބިނާވެގެންވާ މުޤައްޔަދު (ގައިދުކުރެވިފައިވާ) ޙައްޤެއްތޯއެވެ.
1
3
10
@mFiruzul
Mohamed Firuzul
1 year
⬅️ އިޖުތިމާއީ ޒިންމާއަކަށްޓަކައި ނޫނަސް، ގިނަ އަނބިންނާ ކައިވެނިކުރެވިދާނެއެވެ. އާއްމު ގޮތެއްގައި *ޢައްމު ގޮތެއްގައި* އޭގެ ޙުކުމަކީ ހުއްދަވެގެންވުމެވެ.
1
3
10
@mFiruzul
Mohamed Firuzul
1 year
✍️ ކައިވެނީގެ ލައްޒަތަކަށްވާން ޖެހޭނީ ޖިންސީ ޣަރީޒާއެއް ނޫނެވެ. ކައިވެނީގެ ލައްޒަތަކީ ލޯތްބާއި ކުލުނުވެރިކަމާއި އެކަކު އަނެކަކަށްޓަކައި ވާ ޤުރުބާނީއެވެ. ޖިންސީ ޣަރީޒާވާންވާނީ މި ކަންކަމަށް މަގުފަހިކޮށްދޭ ވަސީލަތަކަށެވެ. އަސްލަކަށް ނޫނެވެ.
1
4
10
@mFiruzul
Mohamed Firuzul
1 year
ދެން ތަފްސީލަށް ދަމާ ހެއްޔެވެ.
1
3
10
@mFiruzul
Mohamed Firuzul
1 year
ރައްދުގައި ވަރަށް ގިނަ މީހުން ބުނާނެއެވެ. "ޤުރުއާނުގައި ފުރަތަމަވެސް އޮތީ 2 ގެ ވާހަކައެވެ" ... މިއީ ވަރަށް ބޮޑު އޮޅުމެކެވެ
1
3
10
@mFiruzul
Mohamed Firuzul
1 year
އެންމެ ފުރަތަމަ އަސާސީ ކަންކަމެވެ!
1
3
9
@mFiruzul
Mohamed Firuzul
1 year
⬅️ ގިނަ އަނބިންނާ ކައިވެނިކުރުމަކީ އެއްވެސް އޮޅުމެއް ނެތި ފިރިހެނުންނަށް ހުއްދަ *ހުއްދަ* ކަމެކެވެ. ⬅️ ގިނަ އަނބިންނާ ކައިވެނިކުރުމަކީ ހަމައެކަނި ޔަތީމުންގެ "ކޮންޓެކްސްޓާ" ގުޅިފައިވާކަމަށް ބުނާ ވާހަކައަކީ އާރުލާ ވާހަކައެއް ނޫނެވެ.
1
2
9
@mFiruzul
Mohamed Firuzul
1 year
ކައިވެނީގެ އަސްލަކީ ލޯތްބާއި ޢިއްފަތްތެރިކަމާއި ކުލުނުވެރިކަމާއެކު ދެ މީހުން އެކަކު އަނެކަކަށްޓަކައި ތާއަބަދަށް ދެމި ތިބެ ހެޔޮ ޖީލެއް ބިނާކުރަން މަސައްކަތްކުރުންކަން ދަންނަންޖެހެއެވެ.
1
1
9
@mFiruzul
Mohamed Firuzul
1 year
އިމާމް އަލްމަރްދާވީ އަލްޙަންބަލީ: އައުލާވެގެންވަނީ އެކަކަށްވުރެ ގިނަ މީހުންނާ ކައިވެނިނުކުރުމެވެ. އިބްނު ހުއްމާމް އަލްޙަނަފީ މީގެ 700 އަހަރުކުރިނ ބަޔާންކޮށްދެއްވާފައިވެއެވެ: އަނބިމީހާ ދެރަނުކުރުމަށް ދެވަނަ މީހަކާ ކައިވެނިކުރުން ދޫކޮށްލައިފި މީހާއަށް އެކަމަށް އަޖުރު ލިބޭނެއެވެ.
1
3
9
@mFiruzul
Mohamed Firuzul
1 year
މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅެއްގައި، الذواقين والذواقات ދެކެ ﷲ ލޯބިވެވޮޑިނުގަންނަވާނެކަމަށް ވާރިދުވެގެންވެއެވެ. އަކީ، މީހަކު ފެންނައިރަށް އޭނާއަށް ލެނބި އެ ދިމާލަށް ދާ މީހާއެވެ. މިފަދައިން އަމަލުކުރާ މީހަކަށް އެއީ ނިމޭނެ ކަމެއް ނޫނެވެ.
1
4
9
@mFiruzul
Mohamed Firuzul
1 year
އެ ވަގުތުގެ ލައްޒަތަކަށްވާން ޖެހޭނީ ދެ މީހުން ބިނާކުރި ލޯބިވެތިކަމުގެ ހަނދާންތަކެވެ. ދެ މީހުން، އިންދައި ހައްދައި ބޮޑުކުރި ކުލުނުވެރި ގެއެވެ. އެކަކު އަނެކަކަށްޓަކައި ވީ ޤުރުބާނީގެ ހަނދާންތަކެވެ.
1
3
9
@mFiruzul
Mohamed Firuzul
1 year
ޝަރީޢަތް ގެނެސްދޭ ދިރިއުޅުމުގެ ވައްޓަފާޅިއަކީއެއީއެވެ. 👈 މި ފަދައިން ޙަޔާތް ވޭތުކުރާ ދެމަފިރިންނަކީ އުނި ބައެއް ނޫނެވެ. އެއީ އެންމެ ފުރިހަމަ މީހުންނެވެ.
0
2
9
@mFiruzul
Mohamed Firuzul
1 year
ދެން ވަރަށް ގިނަ މީހުން ބުނެއެވެ. ރަސޫލު ﷲ ﷺ ގިނަ އަނބިންނާ ކައިވެނިކުރެއްވިއެވެ.
1
3
8
@mFiruzul
Mohamed Firuzul
1 year
އަމުދުން، ކައިވެނި ދެމިގޮސް ދެމީހުން އުމުރުން ދޮށިވާން ފެށުން އެއީ އެކަކުވެސް އޭނާގެ ޣަރީޒާ ކުރިޔަށްނެރެ ދުއްވައިގަންނަންވީ ވަގުތެއް ނޫނެވެ‼️
1
3
8
@mFiruzul
Mohamed Firuzul
1 year
މިއަދުގެ ހާލަތަށް ބަލަމާ ހިނގާށެވެ! މިއަދަށް ބަލާއިރު، ގިނަ މީހުން ގިނަ އަނބިން ކީއްކުރަން؛ އެކަކާވެސް ކައިވެނިކުރަނީ ހަމައެކަނި ލައްޒަތަށްޓަކައެވެ.
2
3
7
@mFiruzul
Mohamed Firuzul
1 year
ޢިއްފަތްތެރިކަމެވެ! ޢިއްފަތްތެރިކަމަކީ ހަމައެކަނި ޞައްޙަ ގޮތުގައި އެދުން ފުުއްދުމެއް ނޫނެވެ. އެއީ ޢިއްފަތްތެރިކަމުގެ ބައެކެވެ. ޢިއްފަތްތެރިކަމުގެ އަސްލަކީ ތިމާގެ އެދުންތައް ކޮންޓްރޯލުކުކުރުމެވެ. އެދުންތަކުގެ މައްޗަށް ޒިންމާދާރުކަމާއި މަސްއޫލިއްޔަތާއި ވަފާތެރިކަން އިސްކުރުމެވެ.
1
3
8
@mFiruzul
Mohamed Firuzul
1 year
އިމާމު ޝާފިޢީ: އަހުރެން އިސްކުރަނީ މީހުން އެކަކަށް ޚާއްސަވުމަށެވެ. ގިނަ އަނބިން ހުއްދަވެފައިވާއިރުވެސްމެއެވެ. އެއީ، {{ފަހެ، عدل ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ.}} އޮތް ބަސްފުޅަށްޓަކައެވެ. ~ އަލްބަޔާން ފީ މަޛްހަބް އަލްއިމާމް އައްޝާފިޢީ
1
4
8
@mFiruzul
Mohamed Firuzul
1 year
ރަސޫލު ﷲ ﷺ ގެ ނަމޫނާއަކީ އެއީއެވެ. ޢާއިޝަތުގެފާނު ޚަދީޖަތުގެފާނުގެ ވާހަކަ ގެންނެވުމުން އެކަމަނާ، އެކަލޭގެފާނާއި ރިސާލަތަށްޓަކައި ވީ ޤުރުބާނީ ހަނދާންކުރެއްވިއެވެ.
1
3
8
@mFiruzul
Mohamed Firuzul
1 year
މި ދެންނެވި ހައްލުގެ ގޮތުގައި {{....އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ...}} ބަޔާންކުރެއްވެވިއެވެ.
1
3
8
@mFiruzul
Mohamed Firuzul
1 year
فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ( އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެ މީހުނާއެވެ. ނުވަތަ ތިން މީހުނާއެވެ. ނުވަތަ ހަތަރު މީހުނާއެވެ.) މިއީ މުސްތަޤިއްލު ވަކި އާޔަތެއް ނޫނެވެ. އާޔަތެއްގެ އެއް ތަންކޮޅެވެ.
1
3
8
@mFiruzul
Mohamed Firuzul
1 year
ގިނަ ފިރިހެނުންނަށް ދެކެވެނީ، ކައިވެނީގެ ނާރެހަކީ ޖިންސީ ޣަރީޒާކަމުގައެވެ. ނުވަތަ ފިރިހެނާކަމ��ގައެވެ. މިއީބޮޑު އޮޅުމެކެވެ މިހެން ދިމާވީ، ޝަރީޢަތާ ޚިލާފު ނަހަމަ ގުޅުންތައް އާއްމުވުމުގެ ނަތީޖާއެއްގެ ގޮތުން، ޞައްޙަ ކައިވެނި އެ ހާލަތުގެ "އެންޓި-ތީސިސް"އަކަށް ވުމުންކަމަށް ވެދާނެއެވެ.
1
3
7
@mFiruzul
Mohamed Firuzul
1 year
ޙަގީގަތަކީ ޞައްޙަ ކައިވެންޏަކީ އަޞްލެވެ. އޭގެ ނާރެހަކީ ޢާއިލާއެވެ. އެ ޢާއިލާގެ ނާރެހަކީ ލޯތްބާއި ރަޙުމާއި ޢިއްފަތްތެރިކަމާއި ކުލުނުވެރިކަމާއި ޙަމްދަރުދީއެވެ. ކައިވެންޏަކީ ޖިންސީ ގުޅުން ޞައްޙަކުރާ ރަސްމީ އެއްބަސްވުމެއް ނޫނެވެ.
1
3
7
@mFiruzul
Mohamed Firuzul
1 year
ފިރިހެނާއަކީ ޢާއިލީ މަސްއޫލިއްޔަތުގެ އިސް ފަރާތްކަމަށް ވާ އިރު، މިހެން ފިރިހެން މީހާ ދާން ދޫކޮށްލެވުމުން ޢާއިލާތައް ވިއްސިވިހާލިވާނެ މިންވަރު ތަސައްވުރުކޮށްލައްވާށެވެ.
1
3
8
@mFiruzul
Mohamed Firuzul
1 year
އާޔަތުގައި ފުރަތަމަ ވާ ފަދައިން، ގިނަ މީހުންނާ ކައިވެނިކުރުން ހުއްދަކުރެއްވީ، ތިމާގެ ބެލުމުގެ ދަށުގައިވާ ޔަތީމު އަންހެން ކުދިންނާ ކާވެނިކުރުމުގައި، ޢަދުލުވެރި ނުވެވޭނެކަމަށް ހީވާނަމަ، އެކަމުގެ ހައްލެއްގެ ގޮތުންނެވެ.
1
3
8
@mFiruzul
Mohamed Firuzul
1 year
ގިނަ އަނބިންނާ ކައިވެނިކުރުން އޭގެ އަސްލު މީޒާނަށް ރުޖޫޢަކޮށް، އެކަމަށް ދީން ބާރުއަޅާކަމަށް ދޭހަވާގޮތަށް ވާހަކަދެއްކުން ނިމުމަކަށް ގެންނަންޖެހެއެވެ. އެކަމަކީ ހަނި ދާއިރާއެއްގައި ހުއްދަކަމެއްކަން ގަބޫލުކުރަންޖެހެއެވެ.
2
1
7
@mFiruzul
Mohamed Firuzul
1 year
އިބްނު ޚަޠީބް: ޖުމްހޫރު ގިނަ ޢިލްމުވެރިން ބާރުއަޅުއްވަނީ އެކަކަށްވުރެ އިތުރުނުކުރުމަށެވެ. ~ އަލްއިންޞާފް 8/16 އިމާމް ޚަޠީބުއްޝިރްބީނީ: ސުންނަތްވެގެންވަނީ އެކަކަށްވުރެ އިތުރުނުކުރުމެވެ. ފާޅުވެ ބަޔާންވެގެންވާ ޙާޖަތަކަށްޓަކައި މެނުވީއެވެ ~ މުޣްނީ އަލްމުޙްތާޖު 4/207
1
3
7
@mFiruzul
Mohamed Firuzul
10 months
@kudiiThaufeeq @ameen3d @RukumaA Absolutely an honor to be in this team .. including you @kudii 😊🙌
0
2
5
@mFiruzul
Mohamed Firuzul
1 year
އެއީ ލޯތްބާއި ރަޙުމުވެރިވުމުގެ *މުޤައްދަސް* ގުޅުމެކެވެ. ރަސޫލު ﷲ ﷺ އެ ގުޅުން ސިފަކޮށްދެއްވާފައިވަނީ ބުރަ ބޮޑު މީޘާޤެއް (ޗާޓަރެއް)ގެ ގޮތުގައެވެ. އެކަލޭގެފާނު ޙަދީޡްކުރެވިއެވެ. "ތިޔަބައި މީހުން އެކަނބަލުން ޙަލާލުކޮށްގަތީ މާތް ﷲ ގެ ކަލިމަފުޅުންނެވެ."
1
3
6
@mFiruzul
Mohamed Firuzul
9 years
Just a random #Tweet
0
1
5